ATJ

 

ޚިދުމަތްތައް

1-      ޚުޞޫމަތްތަކަށް ޝަރުޢީދާއިރާއިން ފަރުވާ ހޯދުމަށްޓަކައި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާގުޅިގެން ޢާންމުފަރުދުން ކުރަންޖެހޭ އެކިއެކި ކަންކަން ކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުން

2-      ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން

3-      ޤާނޫނީ ވަކީލުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކާ ގުޅޭނެ ގޮތުގެ މަޢުލޫމާތު ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން

4-      ޝަރުޢީ މައުޛޫނުންނާ ގުޅޭނެ ގޮތުގެ މަޢުލޫމާތު އެކަމަށް އެދޭ ފަރާތްތަކަށް ފޯރުކޮށްދިނުން

5-      އަދި މިނޫންވެސް ޢަދުލު އިންޞާފާ ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެފަދަ މަޢުލޫމާތު ފޯރުކޮށްދިނުން