ATJ

 

ސިވިލް ކޯޓު

           ކޯޓުން ބަލާ މައްސަލަތަކުގެ ބާވަތްތައް

1-    މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނުން ބަލާ ބާވަތްތަކުގެ މައްސަލަތައް: މިޑިވިޜަނުން ބަލާނީ 1,000,000/-ރ. (އެއްމިލިއަންރުފިޔާ) އަށްވުރެގިނަ، ފައިސާއާބެހޭ މައްސަލަތަކާ އަގުގެ ގޮތުން އެފަދަ ނުވަތަ އެއަށްވުރެ ބޮޑު މުދަލާބެހޭ އަންނަނިވި ބާވަތްތަކުގެ މައްސަލަތަކެވެ.

1-     އެއްބަސްވުމާ ޚިލާފު އުފެދިގެން ހުށަހެޅޭ މައްސަލަ

2-     އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލާއި، މަދަނީ މަސްއޫލިއްޔަތުގެ ދަށުން ބަދަލު ނަގައިދިނުން

3-     މެޑިކަލް ނެގްލިޖަންސް

4-     ރަހުނު ހިމެނޭ ލޯނު

5-     ރަހުނު ނުހިމެނޭ ލޯނު

6-     ހަޔަރ ޕާޗޭސް / ފައިނޭންސް ލީސިންގ މައްސަލަ

7-     އިންޝުއަރެންސާބެހޭ މައްސަލަ

8-     ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަ

9-     ކުންފުނީގެ ޑިރެކްޓަރުން ޙައްޤު ހޯދުމަށް ހުށަހަޅާ މައްސަލަ

10-ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ނުވަތަ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ކަނޑައަޅާފައިވާ މައްސަލަ

2-     މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނުން ބަލާ ބާވަތްތަކުގެ މައްސަލަތައް: މިޑިވިޜަނުން ބަލާނީ 1,000,000/-ރ. (އެއްމިލިއަންރުފިޔާ) އަށްވުރެމަދު، ފައިސާއާބެހޭ މައްސަލަތަކާ އަގުގެ ގޮތުން އެފަދަ ނުވަތަ އެއަށްވުރެ މަދު މުދަލާބެހޭ އަންނަނިވި ބާވަތްތަކުގެ މައްސަލަތަކެވެ.

1-     ބެލުންޝަރުޠު ފުރިހަމަވިކަން ސާބިތުކުރުން

2-     ބެލުންޝަރުޠުކުރި ގޮތާއި ޚިލާފުވިކަމަށް ކަނޑައަޅައިދިނުން

3-     ވަޤުފުކުރުން

4-     ހަޖުރުކުރުން

5-     ބިން ވިއްކުން

6-     ބިން ބައިކުރުން

7-     ބިން އައްޔަންކުރުން

8-     ބިން އެއްކުރުން

9-     ޢިމާރާތްތަކުގެ ފަންގިފިލާތައް އައްޔަންކުރުން

10-ޢިމާރާތްތަކުގެ ފަންގިފިލާތައް ބައިކުރުން

11-ޢިމާރާތްތަކުގެ ފަންގިފިލާތައް އެއްކުރުން

12-ލާޖެއްސުން

13-ބިން ބަދަލުކުރުން

14-މިލްކުވެރިކަން ސާބިތުކުރުން

15-މިލްކުވެރިކަން ބަދަލުކުރުން

16-ބިންނުހިމެނޭ އެއްމެދުމުދާ ބައިކުރުން

17-ބިން ނުހިމެނޭ އެއްމެދު މުދާ އައްޔަންކުރުން.

18-އިންވަކިކޮށް ނުދިނުމާއި ކަންމުޑިއަޅައި ނުދިނުމުން ހުށަހަޅާ މައްސަލަ

19-ގޯތިގެދޮރުން މީހުންނާއި މުދާ ނެރުން

20-އަހުލިއްޔަތު ނުލިބޭ މީހުން ހިމެނޭ މުދާ ރަހުނު ކުރުން

21-އެއްބަސްވުމާއިމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ

22-އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުން

23-އިހުމާލުވެފައިވާކަން ސާބިތުކުރުން

24-އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުން

25-ރަހުނު ހިމެނޭ ލޯނުގެ މައްސަލަ

26-ރަހުނު ނުހިމެނޭ ލޯނުގެ މައްސަލަ

27-ކްރެޑިޓް ކާޑާއި ބެހޭ މައްސަލަ

28-ހަޔަރޕާޗޭސް / ފައިނޭންސް ލީސިން މައްސަލަ

29-އިންޝުއަރެންސްއާއި ބެހޭ މައްސަލަ

30-ކުންފުނީގެ ޤާނޫނީ ޝަޚްސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުން

31-ކުންފުނީގެ ޑިރެކްޓަރުން ޙައްޤު ހޯދުމަށް ހުށަހަޅާ މައްސަލަ

32-ކުއްޔަށް ގެންދާ ތަކެތީގެ މައްސަލަ

33-ބިމާއި އިމާރާތްތައް ކުއްޔަށް ދިނުމާއިބެހޭ މައްސަލަ

34-މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި ހުށަހަޅާ މައްސަލަ

35-ހޮވައިގެން ގެނެވޭ ތަކެއްޗާއި ބެހޭ މައްސަލަ

36-ރުއްގަހަށް ބަދަލުދިނުން

37-ތުރާފިލުވުން

38-ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށް އެދި ހުށަހަޅާ މައްސަލަ

39-އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުން

40-މެޑިކަލް ނެގްލިޖަންސް

41-ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ނުވަތަ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާސްގެ ދަށުން ކަނޑައަޅާފައިވާ މައްސަލަ

3-     އިދާރީ މައްސަލަތައް ބަލާ ޑިވިޜަނުން ބަލާ ބާވަތުގެ މައްސަލަތައް: މިޑިވިޜަނުން ބަލާނީ ދައުލަތް ނުވަތަ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އިދާރާއެއް ހިމެނޭ، އިދާރީ ޠަބީޢަތުގެ ދަޢުވާ ތަކާއި އިދާރީ ކޮންޓްރެކްޓްތަކާއި އިދާރީ ފިޔަވަޅުތަކާއިބެހޭ މައްސަލަތަކެވެ. އެގޮތުން އަންނަނިވި ބާވަތްތަކުގެ މައްސަލަ އިދާރީ މައްސަލަތައް ބަލާ ޑިވިޜަނުން ބަލާނެއެވެ.

1-     އިދާރީ ކޮންޓްރެކްޓްތަކާބެހޭ ދަޢުވާ

2-     އިދާރީ ފިޔަވަޅުތަކާ ބެހޭ ދަޢުވާ

3-     ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާ

4-     ޙުކުމް ތަންފީޛު ކުރުމާއި ބެހޭ ޑިވިޜަނުން ބަލާ ބާވަތްތަކުގެ މައްސަލަތައް: މިޑިވިޜަނުން ބަލާނީ އަންނަނިވި ބާވަތްތަކުގެ މައްސަލަތަކެވެ.

1-     ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައި ކޯޓާއި އަދި ކްރިމިނަލް ކޯޓުން ކުރާ ޙުކުމްތައް ނުވަތަ ޙުކުމްތަކުގެ ތެރޭގައި ހިމެނޭ މަދަނީ ބައިތައް ތަންފީޛުކުރުމުގެ މައްސަލަތައް

2-     ސިވިލް ކޯޓުން ކުރާ ޙުކުމްތައް ތަންފީޛުކުރުމުގެ މައްސަލަތައް

3-     ސާބިތު ދަރަނީގެ މައްސަލަތައް (ސާބިތު ދަރަންޏަކީ ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރަން ހުންނަ ދަރަނިތަކެވެ.)

4-     އެހެނިހެން ތަންފީޛުގެ މައްސަލަތައް