ATJ

 

އެކްސެސް ޓު ޖަސްޓިސް

A2J ޕްރޮޖެކްޓް ނުވަތަ އެކްސަސް ޓު ޖަސްޓިސް ޕްރޮޖެކްޓްގެ ދަށުން ޤާއިމުކުރެވޭ ލީގަލް ކްލިނިކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްނެންގެވުމުގެ މަތީން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.


މި ޕްރޮޖެކްޓްގެ ބޭނުމަކީ، ޤާނޫނީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެފަދަ އެހީތެރިކަން ފޯރުކޮށްދީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާގުޅިގެން ޢާންމުފަރާތްތަކުން ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އުޞޫލުތައް އޮޅުން ފިލުވައިދީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއިން ލިބިދީފައިވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް ބޭނުންވާ ކޮންމެ ހިނދެއްގައި އެ އެހީތެރިކަން ހޯދުމަށްޓަކައި ބޭނުންވާނެ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދީ ޤާނޫނުއަސާސީ އިން ލިބިދީފައިވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ޙައްޤު އިތުރަށް ކަށަވަރު ކުރުމެވެ.


ދުނިޔޭގެ އެއްވެސް ޤައުމެއްގައި ރައްޔިތުންނާ ގާތުން ޝަރުޢީ ކޯޓުތަކުން ޚިދުމަތް ނުދެވޭ މިންވަރަށް ފަސޭހައިން ޢަދުލު އިންޞާފު ލިބުމަށް ދިވެހިރާއްޖޭގައި މަޤުފަހިކޮށް ދިނުމެވެ. ދިވެހިރާއްޖޭގެ ކޮންމެ އަބާދީއަކަށްވެސް ހިނގާފައި ފަސޭހަކަމާއެކު ދެވޭ ހިސާބެއްގައި ކޯޓެއް ހުންނާނެއެވެ. ދިވެހިރާއްޖޭގައި ކޯޓުތައް ގިންތިކުރެވިފައިވަނީ އާބާދީގެ ނިސްބަތާއި ހުށަހެޅޭ މައްސަލަތަކަށް ބަލައިގެންނެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަލް މެޕް އެކުލަވައިލާފައިވަނީ ކޮންމެ އަތޮޅަކީ ޖުޑީޝަލް ދާއިރާއެއް ކަމުގައި ބަލައިގެންނެވެ. އަދި އާބާދުވެފައިވާ ކޮންމެ ރަށެއްގައި ކޯޓެއް ހުންނަން ލާޒިމުވާ ގޮތަށެވެ. އަދި އާބާދީގައި 500 ހަމަވާ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓަކު ޤާއިމުވެ ހުންނަވާ ގޮތަށެވެ.